ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އައްޑޫ ސިޓީ ބަދަލުވެގެންދަނީ ސައުތު އޭޝިއާގައި މިސާލެއްގެ ގޮތުގައި ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު އެހެން ވިދާޅުވީ ރައީސް ސާލިހާ އެކު، އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިޒާރު ވިދާޅުވީ ސައުތު އޭޝިއާގެ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި އައްޑޫ ސިޓީ ފެނިގެންދާނެކަން ޔަގީންވެއްޖެ ކަމަށެވެ.
"އައްޑޫގެ ތަރައްގީއަށްޓަކާ އިބްރާހިމް މުހައްމަދު ސާލިހަށް [އަދި] ފަސް އަހަރު ދެއްވާށޭ. މި އައްޑޫ ބަދަލުވެދާނީ މި ސައުތު އޭޝިއާގައި މިސާލެއްގެ ގޮތުގައި މީހުންނަށް ފެންނަ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި. އެކަން އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫއަށް އަންނަ ތަރައްގީ އާއި ހަމަހަމަކަމާއި ސުލްހަމަސަލަސްކަމާ އެކު، ރާއްޖެ އޮންނަން ބޭނުންނަމަ ރައީސް ސާލިހަށް ދެ ވަނަ ދައުރެއް ދޭންޖެހޭ ކަމަށެވެ.
"މި ތަރައްގީ އާއި ހަމަހަމަ ކަމާއި ސުލްހަމަސަލަސްކަމާ އެކު ދެމިތިބުމަށް އަޅުގަނޑުމެންނަށް އޮތް ގޮތަކީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު 3 ވޯޓުދީގެން އިބްރާހިމް މުހައްމަދު ސާލިހާއި އަދި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމާ މިރާއްޖޭގެ ވެރިކަން ހަވާލުކުރުން،" ނިޒާރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ