ރާއްޖޭގެ ދީނީ އިލްމުވެރިން ރައްޔިތުންނަށް ދީނީ އިލްމު އުނގަންނައި ދެއްވަންވީ ކަމަށާއި އެއަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ފ. ބިލެތްދޫ އަށް މިއަދު ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ވެސް ދީނީ އިލްމުވެރިންނަށް ފުރިހަމަ މިނިވަންކަން އޮތް ގޮތަށް ދެންވެސް އެ މިނިވަންކަން އޮންނާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ވައުދުވި ގޮތަށް ރަށްތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ.
ވާދަވެރިން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ރައީސް ވަނީ ރާއްޖޭގެ ގައުމިއްޔަތު ގެއްލިއްޖެ ކަމާއި ރާއްޖެ ދަރަނިވެރިވެއްޖެ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު ކަމަށް ވިދާޅުވެފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ