މިރޭ ހުޅުމާލެ ފަޅާއި ބޭރުން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެކަމުގެ ރިޕޯޓު ލިބުނީ މިރޭ 21:09 ހާއިރު ކަމަށެވެ.
މީގެތެރެއިން އެއް ލޯންޗަކީ ޖޯއި އައިލެންޑު ރިސޯޓުން އެއާޕޯޓަށް ދިޔަ ލޯންޗެކެވެ. ތިން ފަޅުވެރިންނާއި 13 ޕަސިންޖަރުން އެ ލޯންޗުގައި ތިއްބެވެ.
އެމްއެންޑީއެފް އިން ބުނީ އެ ލޯންޗުގައި ތިބި މީހުންނަށް މާބޮޑެތި އަނިޔާތަކެއް ނުވާ ކަމަށާއި ކޯސްޓު ގާޑުން އެމީހުން އެއާޕޯޓަށް ގެންގޮސް ދީފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ދެން ޖެހުނު ލޯންޗަކީ ލިއޯ ޓްރޭޑިން ކުންފުނީގެ ލޯންޗެކެވެ.
އެ ލޯންޗުން އެކުންފުނީގެ 8 މުވައްޒަފުން ދަތުރުކުރިއެވެ. އަދި ދެ ފަޅުވެރިން ތިއްބެވެ.
އެމްއެންޑީއެފް އިން ބުނީ ލިއޯ ކުންފުނީގެ ލޯންޗުގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއްވި ކަމަށާއި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ ލޯންޗު ދުއްވަން އިން ކެޕްޓަންގެ ހާލަތު ކްރިޓިކަލް ކަމަަށްވެސް ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކު ކަނޑުވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ