ރާއްޖޭގައި މިއަދު ކުރިޔަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިޔަށްދާއިރު މެންދުރު އެކެއް ޖެހުމާއި ހަމައަށް ވޯޓުލެވޭ މީހުންގެ އާބާދީގެ 52 ޕަސެންޓު މީހުން ވޯޓު ނުލައި ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު މެންދުރުފަހު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ 1:00 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 47.95 އިންސައްތަ މީހުންނެވެ. އެއީ 135422 ވޯޓެވެ. އަދި އެހާތަނަށް ވޯޓު ނުލައި 52.05 އިންސައްތަ މީހުން ތިބިކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެއީ 146973 މީހުންނެވެ.
މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން ވޯޓުލާފައި ތިބި މީހުންގެ ތެރެއިން 69،261 މީހުންނަކީ ފިރިހެނުންނެވެ. ވޯޓުލެވޭ ފިރިހެން އާބާދީގެ 24.53 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ. ވޯޓުލެވޭ އަންހެން އާބާދީގެ ތެރެއިން މިއަދުގެ 1:00 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 66،161 މީހުންނެވެ. އެއީ ވޯޓުލެވޭ އަންހެން އާބާދީގެ 23.43 އިންސައްތައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަށް ވޯޓުލެވޭ އާބާދީއަކީ 282،395 އެވެ. ކުރިން ތިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވޯޓުލެވޭ އާބާދީގެ 85 އިންސައްތައެއް ވުރެން މަތިން ވަނީ ވޯޓުލައިފައެވެ. އަދި ފަހުން ދެފަހަރު ވޯޓުލެވޭ އާބާދީގެ 88 އިންސައްތައެއް ވުރެން މަތިން ވަނީ ވޯޓުލައިފައެވެ.
މިފަހަރުގެ އިންތިހާބުގައި ކިޔޫގައި ނުޖެހި ފަސޭހައިން ވޯޓުލެވޭނެ ގޮތް 65 އަހަރުން މަތީގެ މީހުންނަށް ވަނީ ހަމަޖައްސައިފައެވެ. މި ނޫނަސް ބައެއް މުއައްސަސާތަކުގެ މީހުންނަށް ވެސް ވަގުތުން ވޯޓު ލެވޭ ގޮތް އިލެކްޝަން ކޮމިޝަނުން ވަނީ ހަދައިފައެވެ. އެހެން ނަމަވެސް މިފަހަރުގެ ވޯޓުލުން ފެންނަނީ 2018 ވަނަ އަހަރާއި ބަލައި ފޯރި ދަށްކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ