މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް އިތުރު ވަގުތު ނުދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިއަދު ހެނދުނު 8:00ގައި ފެށި ވޯޓުލުން ހަވީރު 16:00 އަށް ނިމޭނެ ކަމަށް އިލެކްޝަނުން ކުރިން ވަނީ ބުނެފައެވެ.
އިލެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ 16:00 ޖެހުމާއެކު ވޯޓުލުން ބަންދު ވާނެ ކަމަށާއި ނަމަވެސް އެ ވަގުތުގެ ކުރިން ވޯޓުލާން ކިއުގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ 30 މިނެޓްފަހުންނެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަލަށް 27،000 ވުރެ ގިނަ ޒުވާނުން ވޯޓުލާނެއެވެ. މިފަހަރުގެ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ