މިއަދު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ވޯޓު ގުނައިފިއެވެ. މި ވޯޓުތައް ގުނިއިރު ކުރީގައި އުޅެނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މިހާތަނަށް ގުނި 350އަށްވުރެ ގިނަ ފޮށިން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒެވެ.
އެގޮތުން މުއިއްޒަށް ބައި ލައްކައަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު އެމަނިކުފާނާއި އެންމެ ގާތުން ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ގާތްގަނޑަކަށް 46،000 ވޯޓު ލިބިވަޑައިގެންނެވިއިރު މިހާތަނަށް 216 ވޯޓު ފޮއްޓެއް އަދި ނުގުނައެވެ. އެއީ 147،167 ވޯޓެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ މިފަހުގެ ތާރީހެއްގައި ވެސް އެންމެ މަދުން ވޯޓުލުމަށް މީހުން ނިކުތް އިންތިހާބެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓު ލާފައި ވަނީ 75 ޕަސެންޓު މީހުންނެވެ.
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި