މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ނުލިބި، އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެވަނަ ބުރަކަށް ހިނގައްޖެއެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި މިހާތަނަށް 160،875 ވޯޓު ގުނާފައިވާއިރު ފަރަގު ބޮޑުކޮށް އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރީގައި އުޅެނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒެވެ. އޭނާ އަށް 71،000އަށްވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 62،000 އަށްވުރެ ގިނަ ވޯޓެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު މިހާތަނަށް 447 ވޯޓު ފޮށި ވަނީ ގުނައިފައެވެ. ނަމަވެސް އަދި 127 ވޯޓު ފޮށި ނުގުނައެވެ. މި ވޯޓު ފޮށިތައް ގުނި ނަމަވެސް ވާދަވެރި ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިވަޑައިގަންނަވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ މިފަހުގެ ތާރީހެއްގައި ވެސް އެންމެ މަދުން ވޯޓުލުމަށް މީހުން ނިކުތް އިންތިހާބެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓު ލާފައި ވަނީ 75 ޕަސެންޓު މީހުންނެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި