މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމަށްވުރެ ވެސް ގިނަ ވޯޓު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު ހޯއްދަވައިފިއެވެ.
ގާސިމް އެންމެ ފަހުން ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ވަނީ 50,422 ވޯޓު ހޯއްދަވައިފައެވެ. އެއީ 2013ވަނަ އަހަރުއެވެ. ނަމަވެސް މިއަހަރުގެ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަނީ 5،358 ވޯޓެވެ. އެހެންކަމުން މިއީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި އަޅާ ބަލާއިރު 90 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ.
ގާސިމަށްވުރެ ގިނައިން މި އިންތިހާބުގައި ވޯޓު ހޯއްދެވި އުމަރު ނަސީރަށް ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި 6،073 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އުމަރު އެންމެ ފުރަތަމަ އިންތިހާބެއްގައި ވާދަކުރެއްވީ 2008ވަނަ އަހަރުއެވެ. އެ އަހަރު އޭނާ އަށް ލިބިވަޑައިގަތީ 2,472 ވޯޓެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ނުލިބި، އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެވަނަ ބުރަކަށް ވަނީ ގޮސްފައެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި މިހާތަނަށް 214،137 ވޯޓު ގުނާފައިވާއިރު ފަރަގު ބޮޑުކޮށް އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރީގައި އުޅެނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒެވެ. އޭނާ އަށް 96،141 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 82،344 ވޯޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ