ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އިވާގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
އެ މައްސަލަ އަނބުރާ ގެންދިޔައީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިގެންނެވެ. އެގޮތަށް ނިންމާފައިވާކަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ނިންމާފައި މި ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ