ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އިވާގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންދިޔަކަން އަދި ނާންގާ ކަމަށާއި، މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް، މަޖިލިސް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އެ މައްސަލަތައް ހުށަހެޅުއްވި އެމްޑީޕީން އަނބުރާގެންދިޔަކަން އަދި ރައްޔިތުންގެ މަޖިލީހަށް އަނގަވާފައި ނުވާ ކަމަށެވެ.
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވިނަމަވެސް، މާދަމާ މަޖިލީހުގެ ޖަލްސާ މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮއާ އެކުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ