އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އެމްޑީޕީއާ ސަރުކާރަށް ކުރި ތުހުމަތުތަކަށް ކެމްޕެއިނުގައި ރައްދު ނުދެވުމަކީ އިންތިހާބު އުއްމީދުކުރި ނަތީޖާ އިންތިހާބުން ނުލިބުނު ސަބަބެއް ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
"ރާއްޖެޓީވީ"ގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ރައީސް ވަނީ އިދިކޮޅުގެ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރަންޖެހޭ ކަމަށާއި އެކަމުގެ ހަގީގަތް ހާމަ ކުރައްވާނެ ކަމަށެވެ.
އެ ތުހުމަތުގެ ތެރޭގައި ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭ ވާހަކަ އާއި ރާއްޖޭގެ ބިމުގެ ސަރަހައްދުތައް އިންޑިއާ އަށް ދިނުން ހިމެނެއެވެ.
"އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަޅުގަނޑުމެންނަކަށެއް އެއަކަށް ރައްޔިތުންނަށް އޮޅުންފިލުވައިދޭ ވަރަށް ކެމްޕޭން ތެރެއަކު މަސައްކަތް ކުރެވިފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ބައެއް ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަރާތްތަކާއެކު ދެވަނަ ބުރުގައި ނިކުމެވިއްޖެ ނަމަ ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ދޮގު ހަދަން ޖެހޭނީ
އަހްމަދު