މިމަހުގެ 30ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ތާއީދު ކުރުމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އެމްއެންޕީން ނިންމައިފިއެވެ.
މިގޮތަށް ފާސްވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ވަކިކޮޅަކަށް ނޭރުމަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.
ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރިއިރު ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ.
ރިޔާސީ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ދިޔަ ނަމަވެސް އިންތިހާބުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތި ލިބިވަޑައިގެންފައެއް ނުވެއެވެ.
އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިންތިހާބުގައި ބެހެއްޓި 574 ވޯޓު ފޮށި ގުނާ ނިމުނުއިރު މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގަތެވެ. އެއީ 46.01 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 85،989 ވޯޓެވެ. އެއީ 39.12 ވޯޓެވެ.
އެމްޑީޕީން އަންނަނީ ދެވަނަ ބުރުގައި އެޕާޓީއާއެކު ކޯލިޝަން ހެދުމަށް އިންތިހާބުގައި ވާދަކުރި ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންނާއި ވާހަކަދައްކާ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެމްއެންޕީގެ ކައުންސިލުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސް ސާލިހަށް ތާއިދު ކުރުމަށް ނެގި ވޯޓުގައި އެއްވެސް މެންބަރު ވޯޓެއް ނުދެއްވައެވެ.
އެމްއެންޕީން މުއިއްޒު ފަހަތަށް އަރަން ނިންމާފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަރާތްތަކުން ޕީއެންސީގެ ފަހަތަށް އެރުމަށް މުއިއްޒު ރޭ ވަނީ ދައުވަތު ދެއްވައިފައެވެ.
"އަޅުގަނޑު ދިއްކުރަނީ ރަހުމްތްތެރިކަމުގެ އަތް މި އަތުގައި އެދެން، ގައުމުދެކެ ލޯބިވާ ހުރިހަ ސިޔާސީ ވެރިން ހިތްޕެވުމަށް" މިއީ ހުރިހާ އެންމެން އެކުގައި ގައުމުގެ މިނިވަންކަން އިސްކުރަން ޖެހޭ ވަގުތުކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ