މާޒީއަށް ބަލައިގެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނަޒީމް މިއަދު ވިދާޅުވެއްޖެވެ.
ދެވަނަ ބުރުގައި ޕީއެންސީއަށް ތާއިދުކުރުމަށް އެ ޕާޓީއާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ނާޒިމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއިދުކުރަން ނިންމެވީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ.
މުއިއްޒު ވިދާޅުވި ކަމެއްގައި ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަނގަޅު ސަރުކާރެއްގައި ޕީޕީއެމް/ޕީއެންސީއާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މީގެ ކުރިން ހިނގައިދިޔަ ކަންތައްތައް ތަކަށް ވުރެ ބޮޑަށް ވިސްނަނީ މުސްތަގުބަލާއި މެދު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މާޒީއަށް ބަލައިގެން މިއަދަކު ކަމެއް ކުރެވޭކަށް ނޯއްނާނެ އެކަން މިއޮތީ ވެފައި. އެކަން ނުވާ ކަމަކަށް ނުވާނެ" ފަސް ބަލާކަށް ނެތި ދާނީ ކުރިއަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މާޒީއަށް ބަލައިގެން ކަންތައްތައް ނުކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާއަށް ކުރިމަތިވި ކަންތައްތަކެވެ.
ޔާމީންގެ ސަރުކާރުގައި އޭރު ޑިފެންސް މިނިސްޓަރަކަން ކުރެއްވި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާން 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. ތިން އަހަރާއި 270، ނާޒިމް ޖަލުގައި ހޭދަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ