އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ކިޔަމުން ގެންދާ ބަސްތަކަށް އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ރޭ ރައްދުދެއްވައިފިއެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރަށާއި ރައީސް ސޯލިހުއަށް ރައްދުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ކޮން ޗޯރެއް ޗޯރު އެއިނީ ޖަލުގައި" މަނީލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިނަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސިޔާސީ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގުތަކުން ސަލާމަތްވާން ޖެހޭ ކަމަށެވެ. އަސްލަމް އެ އިޝާރަތް ކުރެއްވީ ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅުން ފަތުރަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. އެއީ ފިތުނަވެރި ދޮގު ވާހަކަތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ބައެއް ބޭރުގެ ބަޔަކަށް ވިއްކާލި ވާހަކަ އަށްވެސް އިޝާރާތް ކުރައްވައެވެ. އޭނާ ވިދާޅުވީ ރާއްޖެ ސަލާމަތީގެ އައްސޭރިޔަށް ގެންދެވޭނީ އެމްޑީޕީ އަށް ކަމަށެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ގެރިފެޓޭއަސްލަމޫ 30ހުގަނަގާވޯޓުން ޗޯރޭތޯޖަލުގައޮތީ ދައްާލާނަން
ލަކުޑި ކަޅޭ