މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނުގެ ޓީމާއެކު އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުނު އެމްޑީޕީން ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.
ފާރިސް ވަނީ އޭނާ ގެންގުޅޭ ސިޔާސަތުތައް އެމްޑީޕީއާ ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އެހެންނަމަވެސް އެ ބައްދަލުވުމުގައި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.
ފާރިސްގެ ޓީމާ އެމްޑީޕީން ބައްދަލުކުރިއިރު އެ ޓީމު ވަނީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު އިއްޔެ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. އެހެންނަމަވެސް އެ ބައްދަލުވުމުގައި ވެސް ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީން އަންނަނީ އެ އިންތިހާބުގައި ވާދަކުރި އެހެން ކެންޑިޑޭޓުންނާއި ޕާޓީތަކާއެކު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެޕާޓީއާއެކު އެއްވެސް ބަޔަކު އަދި ކޯލިޝަނެއް ހަދާފައެއް ނުވެއެވެ.
މިހާތަނަށް ކޯލިޝަނަކާއި ހަމައަށް ގޮސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމްއެންޕީންނެވެ. އެ ޕާޓީން ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު، ކޯލިޝަން ހެދުމަށް ނިންމައިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި