ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިންތިހާބު ކޮށްފިއެވެ.
ޑިމޮކްރެޓުން މިއަދު ވަނީ އެޕާޓީގެ ޕީޖީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށްޓަކައި އިންތިހާބު ބާއްވައިފައެވެ. އެ އިންތިހާބުގައި ޕީޖީގެ ފަސް މަގާމަކަށް ބޭފުޅުން އިންތިހާބު ކުރެއްވިއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންތައް އިސްވެ އުފެއްދި ޑިމޮކްރެޓްސްގެ ޕީޖީގެ މަގާމަށް އާޒިމް އިންތިހާބު ކުރެއްވިއިރު އޭނާއަކީ އެމްޑީޕީގައި ހުންނެވިއިރު އެޕާޓީގެ ވެސް ޕީޖީ ލީޑަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުންގެ ނާއިބުގެ ގޮތުގައި ދެ ބޭފުޅަކު ވަނީ އިންތިހާބު ކުރައްވައިފައެވެ.
އެ ތިން ބޭފުޅުންނަކީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
ޑިމޮކްރެޓްސްގެ ޕީޖީގެ އަމީން އާއްމަކީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އިންތިހާބު ކޮށްފައިވާއިރު ޗީފްވިޕަކަށް އިންތިހާބު ކުރެއްވީ މައްޗަންގޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ