މިމަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއެކު މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ފާރިސް މައުމޫނާއެކު އިތުރު ބައްދަލުވުމެއް ބާއްވައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސްވެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ އިތުރުން ދެވަނަ ބުރު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން އެމްޑީޕީން ރޭ ވަނީ ފާރިސްގެ ޓީމާވެސް ބައްދަލުކޮށްފައެވެ.
ފާރިސް ވަނީ އޭނާ ގެންގުޅޭ ސިޔާސަތުތައް އެމްޑީޕީއާ ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އެހެންނަމަވެސް އެ ބައްދަލުވުމުގައި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ