ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފިއެވެ.
ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުރިހާ ކަމެއްގައި ސިފައިންނަށް ފުލުހުންނަށް އަޅާލަން ޖެހޭ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން އެ ދެ މުއައްސާސާއާ މެދު އިހާނެތިކޮށް ހިތާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިފައިންނާ ފުލުހުންނަށް ދޭން ނިންމި ފްލެޓުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި ފްލެޓުތައް ހަވާލުކުރަން ގާތްވީމާ އެ ފްލެޓުތަކުގެ އަގު އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށެވެ.
މުއިއްޒު ދެއްވި ޔަގީންކަމަކީ އެ ދެ މުއްސަސާއިން ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓު ދައްކަން ޖެހޭ އަގު ޕީއެންސީގެ ސަރުކާރެއްގައި ތިން އަހަރު ދުވަހަށް ލަސްކޮށްދޭނެ ކަމަށެވެ.
ދައްކަން ޖެހޭ އަދަދުވެސް ބަހާލައިގެން ދެއްކޭނެ ލުއިގޮތެއް ހޯދައިދޭނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.
އޭގެ ފަހުން މުއިއްޒު ވިދާޅުވީ ފުލުހުންނާއި/ ސިފައިންގެ މުސާރަ މިހާރަށްވުރެ ބޮޑު ކޮށްދެއްވާނެ ކަމަށެވެ.
"ފުލުހުންނާއި ސިފައިންގެ މުސާރާ މިހާރު ހުރި މުސާރައަށްވުރެ ދެ ގުނަ ބޮޑުކޮށް ދޭނަން." މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ސަރުކާރުއެއްގައި އެންމެ އިސްކަމެއްދޭނީ ގައުމީ ފަހުރު ކަމަށްވާ ސިފައިންނާއި ފުލުހުންނަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ކުޅޭ ކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް އެ ދެ ތަން ހެދިޔަ ނުދޭނަން" މުއިއްޒު ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް