ޖޮގިންއަށް ނުކުމެ އުޅުނު ސިންގަޕޫރު މީހަކު ހުޅުމާލޭގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލެ އުނިގަސްމަގުންނެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:02ގައެވެ.
ފުލުހުން ބުނީ އެ މީހާއަކީ ސިންގަޕޫރުގެ 68 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ