އޭނާގެ ވެރިކަމެއްގައި ކައުންސިލަށް ހިދުމަތް ދޭނެ ހާއްސަ ސަރުކާރުގެ ހާއްސަ ވުޒާރާއެއް އުފައްދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުގެ ތެރެއިން ހއ މާރަންދޫ ގައި ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ފައްކާކޮށްދޭނެ ކަމަށެވެ.
ކުރީގެ ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި މުއިއްޒު ވިދާޅުވީ ސަރުކާރުގެ ނިޒާމުގެ ދެ ފަރާތުގައިވެސް މަސައްކަތް ކުރެވިފައިވާއިރު އެ ދެ "ބައި ގުޅުވާލެވޭނެ" ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ފުލްޓައިމް ކައުންސިލްތަކަށް ހިދުމަތްދޭނެ ހާއްސަ ސަރުކާރުގެ ވުޒާރާއެއް އުފެދިގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.
އެ އިދާރަ މެދުވެރިކޮށް ރައްޔިތުންގެ ކިބައިން އޮޅުންފިލުވަން ޖެހޭ ކަންކަން ކައުންސިލް މެދުވެރިކޮށް އެ ވުޒާރާއިން އޮޅުން ފިލުވާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެލްޖީއޭ ފުރިހަމައަށް "އެމްޕަވާ" ކުރެވިގެން ހިނގާނެ ނިޒާމެއް ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާރަންދޫއަށް މުއިއްޒުގެ ވައުދުތައް
- ލެބޯޓަރީ ހިދުމަތް ގާއިމްކުރުން
- ސްކޫލުގެ ފެންވަރު ރަނގަޅުކުރުން
- ގިރާ ސަރަހައްދު ހިމާޔަތް ކުރުން
- ކުނި މޭނޭޖް ކުރުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަ ވުޒޭރާ ހިންގަން ޖޯޕަރޭސަނެއްވެސް ހަދަންވާނެ. ކޯޕަރޭސަން ހިންގަން އިތުރު މުައްސަސާއެއް އެތަން ހިންގަން މަޖިލިސް ކޮމިޓީއެއް….
ވުޒާރާގެ ކައުންސިމުއިއްޒު އުފައްދާނީ އެޓޯލްސް މިނިސްޓްރީ އޭރުން ކައުންސިލްތަކުގެ ގާނޫނީ ބާރު ގެއްލޭނެ.
ދިވެހި ރައްޔިތުން