މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައި ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފިއެވެ.
ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދުކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުގައި މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް ކޯލިޝަން ހެދުމާއި ނުހެދުމުގެ ބާރު އޮތީ ގާސިމްގެ އަތްޕުޅުގައެވެ. ކައުންސިލްގެ ކުރިޔަށް ގެންދެވީ ހަމައެކަނި ހިޔާލު ހުރި ނެތް ގޮތް ބެލުމެވެ.
އެ ނިންމެވުން އިއުލާން ކުރައްވަމުން ގާސިމް ވިދާޅުވީ އެގޮތަށް ނިންމެވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީން އިންތިހާބުގައި ވާދަކޮށް، ކެމްޕެއިންގައި ރައްޔިތުން ގާތު ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
މީގެއިތުރުން ލިބުނު ޑޮކިއުމަންޓުތަކުގައި ހުރި ވާހަކަތަކާއި ކެމްޕެއިނުގައި ޖޭޕީން ދެއްކި ވާހަކަ ދިމާވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އެ އިޝާރާތް ކުރެއްވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ގުޅޭ ގޮތުން އޭނާ ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަތަކާއި ގުޅޭ ވާހަކައެވެ.
"އަޅުގަނޑުމެން ދެއްކި ވާހަކަ [ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި] އާއި އެ ހުރިހާ އެއްޗަކަށް ބަލާއިރު [ފެނުނު ޑޮކިއުމަންޓުތައް] އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ ތެދު ވާހަކަކަން އަޅުގަނޑުމެންނަށް ޕްރޫފް ވާތީއާ....." ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ތިބޭނީ "ސައިލެންޓު"ކޮށް ކަމަށެވެ. އަދި އެޕާޓީން މަސައްކަތް ކުރާނީ ޕާޓީ ކުރިއެރުވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި