ޕީޕީއެމް/ޕީއެންސީއާ ވެރިކަން ހަވާލުކުރުމަކީ ރާއްޖެ ހަރާބުގެ ތެރެއަށް ދޫކޮށްލުން ކަމަށް ހޯމް މިނިސްޓަރު އިމްރާން ރޭ ވިދާޅުވެއްޖެއެވެ.
ސޯސަންމަގު އުތުރުކޮޅުގައި އެމްޑީޕީން ހުޅުވާފައިވާ ސޯސަން ޖަގަހާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ޕާޓީނޫން އެހެން ބަޔަކަށް ވެރިކަން ހަވާލުކޮށްފިނަމަ ގައުމަށްވެގެންދާނެ ގޮތް، އިސްލާހީ މަސައްކަތުގައި އެންމެ ކުރީއްސުރެ އުޅުއްވި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
''އަޅުގަނޑުމެން މި ގައުމު ހަރާބުގެ ތެރެއަށް ދުލެއް ނުކޮށްލާނަން އިރާދަކުރެއްވިއްޔާ'' އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުން ޖަލަށްލައި އަލުން އަނިޔާވެރިކަން އިޔާދަވާން އެއްވެސް ރައްޔިތަކު ބޭނުންނުވާނެ ކަމަށެވެ.
އަނިޔާވެރި ވެރިކަމެއް އުފެއްދިއްޖެނަމަ ދެން ވެގެންދާނެ ގޮތް ހުރިހާ ރައްޔިތުންނަށް އިހުސާސް ކުރޭވޭ ކަމަށް ވިދާޅުވިއެވެ. އިންތިހާބުގެ ދެވަނަ ބުރަށް ދެން ބާކީ އޮތި ދެ ހަފްތާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެ ކުރު މުއްދަތުގެ ތެރޭގައި އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްފިނަމަ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފްކުރައްވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ރައީސްއާ އެކު ދެމިތިބޭ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު މަސައްކަތްކުރައްވަނީ ރައްޔިތުންނަށް އިހުލާސްތެރިން ހިދުމަތެއް ކުރެއްވުމަށް ކަމަށެވެ.
އިމްރާން ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި ޖަލަށްލާނެ ސިޔާސީ ވެރިންގެ ލިސްޓުތައް މިހާރުވެސް އެކުލަވާލާފައިވާ ކަމަށެވެ.
''މި ރާއްޖެ މިދަނީ ވަރަށް ބޮޑު ބައިބައިވުމަކާއި ފިތުނަވެރިކަމަކާއި ދެކޮޅުވެރިކަމުގެ ތެރެއަށް. އޭގެ ނަތިއްޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެން އޮތް ހުރިހާ ކުރިއެރުމެއް ހުއްޓި ރައްޔިތުންގެ ހަމަޖެހުން ގެއްލި ރައްޔިތުންގެ އަމާންކަން ގެއްލި ރައްޔިތުން ބިރުވެރިކަމާއި އެކީގައި އަނެއް ފަސް އަހަރު ހޭދަކުރަން އަޅުގަނޑުމެން ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭނެ އަރައިނުގަނެވޭނެ ވަރުގެ ބޮޑު ގެއްލުމެއް" އިމްރާން ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަ ސޭކް ދައްކާވާހަކަ އަޑުއަހާނެ މީހަކު މިޤައުމަކުނެތް! ތިޔައީ ދުނިޔޭގެ އެދުމައިގެން އުޅޭ ސޭކެއް!
ރައްޔިތެއް