ޕާޓީއެއްގެ ހައިސިއްޔަތުން ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް، ޕާޓީގެ އާއްމު މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮން ކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން އެމަނިކުފާނަށް މަތިކުރުމުން، މި އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ނިންމުން:
ނިންމެވުން އިއުލާން ކުރައްވަމުން ގާސިމް ވިދާޅުވީ އެގޮތަށް ނިންމެވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީން އިންތިހާބުގައި ވާދަކޮށް، ކެމްޕެއިންގައި ރައްޔިތުން ގާތު ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
މީގެއިތުރުން ލިބުނު ޑޮކިއުމަންޓުތަކުގައި ހުރި ވާހަކަތަކާއި ކެމްޕެއިނުގައި ޖޭޕީން ދެއްކި ވާހަކަ ދިމާވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އެ އިޝާރާތް ކުރެއްވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ގުޅޭ ގޮތުން އޭނާ ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަތަކާއި ގުޅޭ ވާހަކައެވެ.
"އަޅުގަނޑުމެން ދެއްކި ވާހަކަ [ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި] އާއި އެ ހުރިހާ އެއްޗަކަށް ބަލާއިރު [ފެނުނު ޑޮކިއުމަންޓުތައް] އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ ތެދު ވާހަކަކަން އަޅުގަނޑުމެންނަށް ޕްރޫފް ވާތީއާ....." ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ތިބޭނީ "ސައިލެންޓު"ކޮށް ކަމަށެވެ. އަދި އެޕާޓީން މަސައްކަތް ކުރާނީ ޕާޓީ ކުރިއެރުވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ