މާލެ އިން 21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އއ. މާޅޮސް / ހުސްނޫވިލާ، އަލީ ރިޝާން ނަމަކަށް ކިޔާ އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށެވެ. ރިޝާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.
ރިޝާން މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މީގެ ދެހަފުތާ ކުރިން ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ވަނީ ރިޝާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ