ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން، އެމްޑީޕީއާ އެކު މަޝްވަރާ ކުރަން ދަ ދިމޮކްރެޓްސް އިން މިރޭ ނިންމައިފިއެވެ.
ޑިމޮކްރެޓްސް ވަގުތީ ކައުންސިލުން މިރޭ ފާސްކުރި ގަރާރުގައި އިދިކޮޅު ޕީއެންސް އާއެކު ވެސް މަޝްވަރާ ކުރަން ވެސް ފާސްކުރިއެވެ.
މިގޮތަށް ފާސްކުރީ 50 މެމްބަރުންގެ ވޯޓުންނެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓަށް 10 ދުވަހަށްވެފައި ވަނިކޮށް، ޕީޕީއެމާއި އެމްޑީޕީއަށް މަޝްވަރާ ކުރަން ގޮވާލައި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލަށް ގަރާރު ހުށަހެޅުއްވީ މުހައްމަދު ޝިފާޒެވެ. އޭނާގެ ހުށަހެޅުއްވުމުގައި ބުނެފައި ވަނީ ނިޒާމީ ވޯޓު މި މަހުގެ 28 ކުރިން ނެގުމަށް އެމްޑީޕީއާ އެކު، މަޝްވަރާކުރުމަށް އެ ޕާޓީން އެއްބަސްވާނަމަ، ބުދަ ދުވަހުގެ ކުރިން އެކަމާ ގުޅޭ ގޮތުން ސޮއި ކުރުމަށެވެ. އަދި ދެން އުފެދޭ ޕީއެންސީގެ ވެރިކަމެއްގައި ޑިމޮކްރެޓްސްއަށް ލިބޭނެ މިންވަރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބުދަ ދުވަހު ސޮއި ކުރުމަށް އެ ޕާޓީއަށް ވެސް ސުންގަޑި ދިނުމަށެވެ.
ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ގިނަ ފާޑުކިޔުންތައް އަމާޒުވީ ރައީސް ސާލިހަށެވެ. އަދި އެމަނިކުފާނަށް ތާއިދު ނުކުރަން އެދި ބައެއް މެމްބަރުން ވަނީ ހިޔާލުފާޅުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޙެވެއްނުވާނެ ކަންކަން އޮޅުންފިލުވާފަ ތިލިޔެބަލަ
މިޖައްމަދު