މިމަހުގެ 30ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، ކުރެވޭ ކަމެއްގެ ސަބަބުން ގެއްލިއްޖެ ނަމަ ދިވެހި ދައުލަތް ބަނގުރޫޓު ވެގެން ހިނގައި ދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މާފަންނުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގައި ތިބީ އިގްތިސޯދު ދަންނަ މީހުން ކަމަށެވެ. އަދި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ތެރޭގައި ވެސް އިގްތިސޯދީ ގޮތުން ފުންނާބު އުސް ބޭފުޅުން ތިއްބެވި ޕާޓީއެއް އޮތް ކަމަށާއި މެނިފެސްޓޯ ތައްޔާރު ކޮށްފައި ވާނީ ވެސް އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން ބޭރު ގައުމުތަކާއި މާލީ އިދާރާތަކުން ފަސޭހަކަމާއެކު ލޯނު ލިބޭ ވާހަކަ އިދިކޮޅު ފަރާތްތަކުން ބުނާއިރު އެބޭފުޅުންގެ ސަރުކާރުގައި އެކަން ނުވީ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ދޭދޭ ގައުމުތަކާއެކު އިތުބާރު ކުރެވޭ، ހާރިޖީ ސިޔާސަތެއް އޭރުގެ ސަރުކާރުގައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު އަދި ކުރެވޭ ކަމަކުން ގެއްލިއްޖެ ނަމަ މި ދަންނަވާހެން މި ސަރުކާރު މި ގައުމު ބަނގުރޫޓުވެގެން ދާތަން ފެނިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވަނީ ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިރޭ ވެސް ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތް ވިދާޅުވެފައެވެ. އެކަމަކީ ދިވެހިން ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ބަނގުރޫޓުވެފާ އޮތް އެއްޗެއް އިތުރަށް ބަނގުރޫޓވޭތޯ ރައީސް އިބުރާހިމާ،!!
ބަނގުރޫޓު