ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓު އެލަވަންސް ނުލިބި ތިބި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސަރުކާރު މުވައްޒަފުންނަށް މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 35 ޕަސެންޓު އެލަވަންސް ނުލިބި އޮތް ހަމައެކަނި ބަޔަކީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ކަމަށެވެ. އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުކޮށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް 35 ޕަސެންޓު އިތުރުވެގެން ދާނެ ކަމަށެވެ.
އެގޮތަށް ރައީސް ސޯލިހް ނިންމެވީ ސަރުކާރު ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 ޕަސެންޓު އެލަވަންސް ހަމަޖެހިގެން ދިޔައިރު ކައުންސިލް މުވައްޒަފުން ހިމެނިފައި ނުވާތީ އެކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އެލަވަންސް ކައުންސިލްތަކުގެ މުވައްޒަފުންނަށް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަށް ގަބޫލު ކުރެއްވޭތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެހެންކަމުން ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި ދައުލަތުގެ ވުޒާރަތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް 35 ޕަސެންޓު އެލަވަންސް ދިނުމުން އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވޮލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، އެ ފަރަގު ނައްތާލުމުގެ ގޮތުން ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ދިނުމަށް ރައީސް ނިންމެވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
އިންތިހާބަށް ޖަހާލި ރޮކެޓެއް ދޯ؟ މި ފަސް އަހަރު ތިކަން ނުކުރީ ކީއްވެ؟
ރަނގަޅު ކުއްޖާ