ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރި ކުރުމަށް ފީގެ ގޮތުގައި 10,000ރ. މިނިސްޓްރީއަށް ދައްކާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސްހާލު ގެނެސްފިއެވެ.
މިނިސްޓްރީން ގެޒެޓްކޮށްފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" ގައި ބުނާ ގޮތުންނަމަ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭނީ އެ ގަރާޖެއްގައި އުޅަނދެއް ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި އެ މީހާގެ އައިޑީކާޑުގެ ކޮޕީ އަދި ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމެއް ހުށަހެޅުމުންނެވެ.
އެ ގަވައިދަށް ރޭ ގެނައި ހަތަރު ވަނަ އިސްލާހުގައި ވަނީ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ގެންނަ ހަތަރު ފުރޮޅުލީ އުނޅަދުތަކާއި ޓެކްސީތަކަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ.
ޓެކްސީ ކުރުމަށް މީގެ ފަހުން ކާރު ރަޖިސްޓްރީކޮށްދޭނީ 10،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އަދި ސިނާއީ މަސައްކަތްތަކަށް ވަގުތީ ގޮތުން ގެންނަ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނީ، އުޅަނދަކަށް 15،000 ރުފިޔާގެ ރޭޓުން ފީއެއް ދެއްކުމުން ކަމަށް ގެނައި އިސްލާހުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ