މިމަހުގެ 30ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކުރިޔަށް ދާން ދަ ޑިމޮކްރެޓްސް އިން ނިންމާ ނިންމުމެއްގެ ސަބަބުން ލޯތްބަށް ނޫނީ ނަފްރަތަށް ބަދަލުވެގެން ހިނގައި ދާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އަކީއެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކެއް، އެމްޑީޕީގެ ސަރުކާރާއި މެދު ހިތްހަމަނުޖެހުންތައް އުފެދިގެން، އެޕާޓީން ވަކިވެ އުފެއްދި ސިޔާސީ ޕާޓީއެކެވެ. ޑިމޮކްރެޓްސްގެ ބާނީއަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ގަލޮޅުގައި މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ އެމްޑީޕީއާއެކު ދަ ޑިމޮކްރެޓްސް އިން ކުރިޔަށް ދާން ނިންމައިފި ނަމަ ލޯތްބަށް ބަދަލުވެގެން ދާނެ ކަމަށާއި އެ ނޫން ގޮތަކަށް ނިންމައިފި ނަމަ ނަފްރަތަށް ވެސް ބަދަލު ވެދާނެ ކަމަށެވެ.
"އަޅުގަނޑަށް މިވީ ދުވަސްކޮޅުގެ ތެރޭގައި މި ފެނުނު މަންޒަރަކީ، މިއަދުވެސް އިވުނު އަޑަކީ ރައީސް ނަޝީދު ކަންތައް ކުރައްވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތީ ހިތްހަމަ ނުޖެހުމެއް،"
"އެކަމަކު ރައީސް ނަޝީދުގެ މި ނިންމުން ބައްދަލުވުން ވެގެން ދާނީ ހިތުގައި އުފެދޭ ލޯތްބަކަށް ނޫން ނަމަ ނަފްރަތަކަށް،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޑިމޮކްރެޓްސްގެ އެހީތެރިކަން ލިބިގެން ދިއުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.
ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ މިމަހުގެ 28ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިވަގުތު އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނިންމުމަށްފަހު އެކަން ކުރެވިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އިބޫ ހޮވިއްޖެއްޔާ ވޯޓެއް ނުނަގާނެ، ނުހޮވިއްޖެއްޔާމު އެ ނަގާނެ. ބޭނުމަކީ ހައިޖާން އުފެއްދުން!
ބުރުމާ