ޕީޕީއެމް/ޕީއެންސީ އަށް ބޮޑު ކަވަރޭޖެއް ދޭ "ދިޔަރެސް" ނޫހުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް، ވަރުގަދަ ރައްދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަރުޖަމާނު މިއުވާން މުހައްމަދު ދެއްވައިފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒާއި އޭނާގެ ރަނިންމޭޓު ހުސައިން މުޙައްމަދު ލަތިފާއި ގުޅޭ ފޭކު ޑޮކިއުމެންޓުތަކެއް ތައްޔާރުކޮށް ދައުލަތުގެ މީޑއާ ޕީއެސްއެމް މެދުވެރިކޮށް އާންމުކުރުމުގެ މަސައްކަތް މިއުވާން އިސްވެ ހުރެ ފަށާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
މިއުވާން ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. މިއުވާން ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ވަރުގެ ބޮޑެތި ދޮގު ހަދާއިރު ހެއްދެވި ފަރާތަށް "ބިރުވެރިވާން ގޮވާލަން" ކަމަށެވެ. "ދެ ކޮނޑުގަ ދެ މަލާއިކަތުން ތިއްބަވާ. ހިސާބު ބެއްލެވޭނެ" މިއުވާން ވިދާޅުވިއެވެ.
ސަރުކާރާއި ރިޔާސީ ކެމްޕެއިނާ ގުޅޭ ގޮތުން ރާއްޖޭގެ އޮންލައިން ނޫސް، ދިޔަރެސް އިން ފަތުރާ ވާހަކަތައް ސަރުކާރުން ދޮގު ކުރުމަކީ އާންމު ކަމެކެވެ. އެ ނޫހުން ދޮގު ވާހަކަތައް ފަތުރާ ކަަމަށް ބުނާއިރު، ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެ ނޫހަށް އަޅާފައެއް ނުވެއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ނޫސްވެރިކަން ކުރަން ލިބިފައިވާ މިނިވަންކަމުގެ ނާޖައިޒު ފައިދާ ސިޔާސީ ބޭނުމަށް ނުނެގުމަށެވެ. އަދި ނޫސްވެރިންނާއި ނޫސްވެރި އިދާރާތަކާމެދު އަމަލު ކުރާނީ އެކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުން ކަމަށް ސަރުކާރުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަހެން ބުނާއިރު ތިމާ ހަދާ ދޮގުތަކޯ. ފުރަތަމަ ތިމާ
ނަސޭޙަތްއެމްމެ ބޮޑެތި ދޮގު ހަދާ އެކަކު. ފުރަތަމަ ދޮގުހެދުން. ހުއްޓާލައި ތައުބާ ވެފައި އަންގާލާ
އަހްމަދު