ނ. މާފަރު ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުގެ ތެރެއިން މާފަރުގައި ބޭއްވި ޖަލްސާ ގައި މުއިއްޒު ވިދާޅުވީ، މާފަރުގެ އިހްތިސާސްގެ ތެރެއިން ގެއްލުނު ބައި އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށެވެ.
ސަރުކާރުން އެ ރަށުގެ އިހްތިސާސުން ވަކިކޮށްފައިވާ ބަޔަކީ މި ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށާއި އަދި އެކަން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގެ ކުރީކޮޅުގައި ނިންމަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
''..... އިހްތިސާސްއިން ވަކިކޮށްފާއިވާ ބައި، އެއީ ތިބޭފުޅުން އެދިލައްވާނެ ބައެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ އިހްތިސާސްގެ ތެރެއަށް އެބައި އަނބުރާ ހޯދައިދޭނަން" މުއިއްޒު ވިދާޅުވި އެވެ.
މާފަރު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމާއި މަގުތަކުގައި ތާރު އެޅުމާއި ފަތުރުވެރިކަމުގެ ފުރުސަތުތައް އިތުރުކުރުން އަދި ބޯހިޔާވަހިކަން އިތުރުކޮށްދޭން މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ