އަނިޔާވެރިކަން އަލުން އިޔާދަވުމަށް ދިވެހި ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކުރީ ސަރުކާރުގެ [ރައީސް ޔާމީންގެ ސަރުކާރު] އަނިޔާވެރިކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވާ ކަމަށާއި އެ އަނިޔާވެރިކަމަށް ދާން ދިވެހިން ފުރުސަތު ނުދޭނެ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަތިވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކެންޑިޑޭޓު ނަންބަރު ތިނެއް އިބްރާހީމް މުހައްމަދު ސޯލިހް ފަސޭހަކަމާއެކު މިބުރު ކާމިޔާބު ކުރައްވާނެ،" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރަކީ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ. މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ކުރިޔަށް ދާން ނިންމީ އެމްޑީޕީއާއެކުގައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30ވަނަ ދުވަހުއެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޢަލީ ޒާހިރެވެ. ހަސަދަައިގެ ކުޑަމިންވަރެއްވެސް ތިމާގެ ހިތުގައިވާ މީހާ ސުވަރުގެ ނުވައްދަވާނެކަން ތިމާއަށް ރަނގަޅަށް އެނގޭއިރު ދުނިޔޭގެ މަދު ފައިސާ ކޮޅަކަށް ތިމާގެ އާޚިރަތް ވިއްކާނުލާށެވެ. އިމްރާން ވެސް މޭޑޭގައި އެ ހެދި ދޮގުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ހިތަށް ނާރާށެވެ. ޢިލްވެރިން ނަކީ އެއަށްވުރެ ހަރުދަނާ ބައެކެވެ. އަދި ސޫރަތުލް ބަގަރާގެ 18 ވަނަ އާޔަތް ހިތުން ދަސްވަންދެން ކިޔާލަން ނަސޭޙަތްތެރި ވަމެވެ
ނަސޭހަތްމިއަށްވުރެ އަނިޔާވެރި ވެރިކަމެއް މިނޫނީނުދެކެން
އަލީޒާހިރުކަލޭވަޒިފާދަމަހައްޓަންދިވެހިންބޭނުމެއްނޫން
ސަމީރު