ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށާއި ކަމާބެހޭ އިދާރާތަކުން އެކަން ފާސް ކުރުމުން ގެޒެޓް ކުރާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނޫ ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާތީ، މަސައްކަތްފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން އިމާރާތް ކުރުމާއި ގުޅޭއުސޫލު ވެބްސައިޓުގައި އާންމު ކުރެވިފައިވާނެ ކަމަށެވެ.
އެ އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގަ އުސްމިނަކީ 6 ފަންގިފިލާ ކަމުގައި ވީނަމަވެސް އެ އުސްމިނަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިގޮތުން، މިހާރު ވެސް އެ ކޯޕަރޭޝަނުން، އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ ގަވައިދު އެކުލަވާލާފައިވާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އަދި ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއި އެކު 10 ފަންގިފިލާގެ ގަވައިދަށް އަމަލު ކުރެވެން ފަށާނެ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން މިހާރު އެއްވެސް އުސޫލެއް ނެތި މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ