މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ދަ ޑިމޮކްރެޓުން ނިންމައިފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ދެވަނަ ބުރުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތެއްނިންމުމަށް އިއްޔެ ބޭއްވި ޕާޓީގެ އިންޓަރިމް ކައުންސިލުގެ ހަތް ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެމަތީން ، 20 ސެޕްޓެމްބަރާއިހަމައަށް ޕީއެންސީ /ޕީޕީއެމް ކޯލިޝަނުން އަދި އެމްޑީޕީން އެއްބަސްވެފައިނުވާތީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމާފައިވާ ކަމަށެވެ.
އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ޑިމޮކްރެޓުން ނިންމާފައިވާއިރު ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ