ރާއްޖެގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަން ފާސްކުރި ގަރާރު ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން ކުރި ޓްވީޓެއްގައި ބުނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، މަޖިލީހުން ފާސްކޮށްފައިވާ ގަރާރު، ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
"މިކަމާމެދު، ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު މިދަނީ ހޯދަމުން" އީސީން ބުންޏެވެ.
އީސީން ބުނެފައިވާ ގޮތުން ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އިންތިހާބު ބޭއްވުމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުން ވާނެ ކަމަށެވެ. އެކަމަށް 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވެއެވެ.
އޭގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެއީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހަބީބް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން 2007 ވަަނަ ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ރިޔާސީ ނިޒާމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ