ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ސަރަހައްދުގައި އަޅާފައިވާ ބައެއް ސަފާރީތައް ނުނެގުމުންއެ ސަފާރިތައް ނެގުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.
އާބަންކޯއިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަދު ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެރީއާ އޭ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.
އަދި އެކި ގޮތްގޮތުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ބައެއް އުޅަނދުތައް ނަގާފައި ނުވާތީ އެ ކޯޕަރޭޝަންގެ ފަރާތުން އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.
ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާ، ދިޔަނެރު ފަޅު އަދި ތިލަފުށި ބޭނުންވާ ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ އޮގަސްޓު މަހުއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރު ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ