ދިވެހިރާއްޖޭގެ ހައިކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ގޮތުން ދޮގު ހަބަރު ނުފެތުރުމަށް އެ ކޯޓުން އެދިއްޖެއެވެ.
ހައިކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހަބަރު ފެތުރުމުގައި ޒިންމާދާރުކަމާ ތެދުވެރިކަމާއެކު އެ މަސައްކަތްކޮށް، ރައްޔިތުންނަށް ހައިކޯޓުގެ ޝަރީއަތްތަކުގެ ހަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު އެ ކޯޓުން އަބަދުވެސް ވަޒަން ކުރާ ކަމަށާއި އަދި އެކަމަށް މަރުހަބާ ވެސް ކިޔާ ކަމަށެވެ.
ނަމަވެސް ފަހަކަށް އައިސ،ް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއ،ި ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށ،ް ހަގީގަތާއި ހިލާފު ވާހަކަތައް ހަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޯޓުން ނެރުނު ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއ،ި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަކީ އަނެކާގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކުރަން ޖެހޭ ޒިންމާދާރު މިނިވަންކަމެއް ކަމަށް ހައިކޯޓުން ބުންޏެވެ.
ގާނޫނުއަސާސީގައި ކަނޑައަޅާ ބަޔާންވެގެންވާ އުސޫލުތަކާ ހިލާފަށް ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް ހަބަރު ފަތުރަމުން ނުގެންދިއުމަށް އިލްތިމާސްކޮށް އެ ކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.
ހައިކޯޓުން މިފަދައިން ބުނެފައި މިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތް ލަސްވާ މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް ހައިކޯޓަށާއި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތަސައްވަރެއްއޮތްނަމަ އާއްމުކިށް ކިލަބުކުރަނީ މަނޑި
ޙާމްބެ