ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި އެމްޑީޕީން ވަކިވެ، މިހާރު ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އީވާގެ ބައްޕާފުޅު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.
ޅ. ހިންނަވަރު، ދޭލިޔާގެ އަބްދުالله މުހައްމަދު (ދޭލިޔާ) ރައީސްގެ ކެމްޕެއިނާ ގުޅިވަޑައިގެން ރައީސަށް ތާއީދު ހޯއްދެވުމުގެ މަސައްކަތުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ރައީސަށް ތާއިދު ހޯއްދެވުމަށް ވ. އަތޮޅަށް ވަޑައިގެން، އެ އަތޮޅުގެ ބައެއް ރަށްތަކުގައި ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޖަލްސާތަކުގައި ވެސް ދޭލިޔާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ދޭލިޔާއަކީ ވިޔަފާރިވެރިއެކެވެ. އޭނާއަކީ ރާއްޖޭގައި ރިސޯޓު ވެސް ހިންގަވާ ބޭފުޅެކެވެ.
ދޭލިޔާއާ އެކު، ވ. އަތޮޅުގެ ޑިމޮކްރެޓްސްގެ އިސްބޭފުޅުންތަކެއް ވެސް ވަނީ ރައީސްގެ ކެމްޕެއިން އެ އަތޮޅުގައި ފައްޓަވާފައެވެ. ދޭލިޔާއަކީ ޑިމޮކްރެޓްސްގެ މެމްބަރެކެވެ.
ދޭލިޔާ ރައީސަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގެންނެވިއިރު، ދަރިކަނބަލުން އީވާ އަދި އެކަމަނާ ނިސްބަތްވާ ޕާޓީ ދަ ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ އިންތިހާބުގެ ދެ ވަނަ ބުރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ލަނޑަޔާ ވާނީ ލަނޑަޔާއެވެ.
ސުންބުލިތިޔަ އެއްލާލަނީ ދޭލިޔާގެ ދަރި
ސޭޓު