މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އިތުރު ފްލެޓާއި ގޯއްޗަށް ހުޅުވާލަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިތުރު 6،000 ފްލެޓާއި 4،500 ގޯއްޗަށް ކުރިމަތިލާން މާދަމާ އިއުލާން ކުރާނެ ކަމަށެވެ.
މީގެކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލިއިރު އިއުލާންކުރި އުސޫލަށް ކުރިން ލިބުނު ޝަކުވާތަކަށް ރިއާޔަތްކޮށް މިފަހަރު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ދާދިފަހުން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށެވެ.
މާލޭގެ ރަށްވެހިންނަށް 19،842 ގޯތި މި ސަރުކާރުން ދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 16،923 ފަރާތުން ފްލެޓަށް ކުރިމަތިލާފައިވާ ކަމަށާއި އެ ހުރިހާ އެންމެންނަށް ފްލެޓް ހަމަޖެހިގެންދާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ