އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ވެވަޑައިގެންނެވި ވައުދު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ކޮޕީކުރެއްވި ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ފާޑު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ބ. ފުޅާދޫ ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ހުޅުވާލާނެ ކަމަށެވެ. އެކަމަށް ޝައުގުވެރިވާނެ އެތައް ބަޔަކު ތިބޭނެކަން ޔަގީންކަމަށް ރައީސް ވިދާޅުވިއެވެ.
އިއްޔެ ގޮއިދޫގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވެސް ވަނީ އެ ތިން ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ގާއިމްކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.
ރައީސާއި މުއިއްޒު އެހެން ވިދާޅުވާ ވީޑީއޯ ޓްވިޓާގައި ހިއްސާކުރުމަށް ފަހު ހިސާން ވިދާޅުވީ "ބ. އަތޮޅަށް ޑރ. މުއިއްޒުވި ހުރިހާ ވައުދަކީވެސް ކޮޕީކޮށްފައިވާ ވައުދު،" ކަމަށެވެ.
އިދިކޮޅުންވެފައިވާ ވައުދުތަކަކީ އެމްޑީޕީން ވެފައިވާ ވައުދުތައް ކަމަށް ބުނެ ރައީސް ސޯލިހު ވެސް ވަނީ މީގެ ކުރިން މުއިއްޒަށް ފާޑުވިދާޅުވެފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ