ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ޑިމޮކްރެޓުންގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމެއް މިއަދު ވަނީ ބައްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވާ ގޮތަށެވެ.
"އެކްސް"ގައި ކުރި ޕޯސްޓެއްގައި އަމްރު ވިދާޅުވީ އިންތިހާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.
ޑިސެންބަރު މަހަށް އިންތިހާބު ފަސްކޮށްލުމަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްއެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރަޖިސްޓަރީ ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެތެރޭގެ އިންތިހާބެއް ބާއްވައި މަގާމުތަކަށް މީހުން ކަނޑައަޅަން ޖެހޭނެއެވެ.
އެމްޑީޕީން ވަކިވި މެމްބަރުތަކެއްވެގެން ވުޖޫދުވި ޑިމޮކްރެޓްސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ޖުލައި މަހުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ 13 މެމްބަރުން ތިއްބަވައެވެ.
އީސީގެ ދަފްތަރުގައިވާ ގޮތުން މި ވަގުތު އެ ޕާޓީގައި 3280 މެމްބަރުން އެބަތިބިއެވެ. ޑިމޮކްރެޓްސްއާ އެކު މި ވަގުތު 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ