ވެރިކަންކުރާ މައި ޕާޓީން، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކެމްޕޭނު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ބާއްވައިފިއެވެ.
މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތާއިދު ހޯއްދަވަން މާފަންނު ދެކުނު ގޭގެތަކަށް ޒިޔާރަތްކުރައްވާފައެވެ. އަތޮޅު ތެރޭގައި ކުރިއަށް ދިޔަ ހަރަކާތުގައި އެ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެވަނަ ބުރުގެ ކެމްޕޭނުގައި ފާއިތުވި ދެ ހަފްތާގައިވެސް ރައީސް ސޯލިހު ވަނީ މާލޭގެ ގޭގެއަށް ވަޑައިގެންފައެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުންނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް އެއްބުރުން ކާމިޔާބު ނުކުރެވުނު މައިގަނޑު ސަބަބަކީ ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވުމެވެ.
ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ކެމްޕެއިންގެ އެކި މަގާމުތަކަށް ކަނޑައަޅާފައިވާ ބައެއް ފަރާތްތައް ބަދަލުކޮށްފައިވާ ކަމަށާއި ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ