ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑާޝިޕުގައި މަސައްކަތް ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މިރޭ ތާއީދު ކުރައްވައިފި އިދިކޮޅުގެ ކެމްޕޭނާ ގުޅިއްޖެއެވެ.
އަންނަ ހޮނިހިރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީއިން ނިންމި ނަމަވެސް އެ ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް ޕާޓީގެ ނަން ބޭނުން ނުކޮށް ކެނޑިޑޭޓުންނަށް ތާއީދުކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވަނީ މިފަހުން ވިދާޅުވެފައެވެ. އެފަހުން ގިނަ ބަޔަކު އެ ޕާޓީއިން ވަކިވަމުން އަންނައިރު، މިއަދުވަނީ ޖޭޕީގެ ލީޑާޝިޕުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންތަކެއް ދެވަނަ ބުރުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.
އެގޮތުން ޖޭޕީގެ ލީޑަޝިޕުގައި ތިއްބެވި ބައެއް މެމްބަރުން ޕާޓީ ބަދަލުކޮށް ސޮއިކޮށްފައިވާ އިރު، ބައެއް މެމްބަރުން ސޮއި ނުކޮށްވެސް ތާއީދުކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވުނު ބައްދަލުވުމުގައި ޑރ. ޖިހާދުގެ އިތުރުން ޖޭޕީގެ ގިނަ މެންބަރުން ވަނީ މުއިއްޒުގެ ފަހަތްޕުޅަށް އަރާވަޑައިގެން، އޭނާއަށް ތާއިދު ކުރައްވަން ނިންމަވައިފައެވެ.
ޖިހާދާ އެކު ޕީޕީއެމަށް މިރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުޣުނީ ވެސް ހިމެނެ އެވެ. ފިލްމީ ތަރި ރިޝްފާ ވެސް ވަނީ މިރޭ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.
ޕީޕީއެމްގެ މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ މުއިއްޒު އާއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ