ރާއްޖޭގައި މިވަގުތު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ރޭސިންގްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދީފިއެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވީ ރޭސިން ކުރިއަރުވާ ވާހަކަ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމަނުއްވާފައި ނުވިނަމަވެސް، ފާއިތުވި ހަތަރު އަހަރު އެކުޅިވަރަށް ޤައުމީ ހައިސިއްޔަތުދީ އަދި މިކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"އެންމެ މުހިއްމު އެއް ނިންމުމަކީ ފާއިތުވި 4 ވެރިކަމުގައިވެސް ހަމަޖައްސާނުދެވުނު ޔޫތު މިނިސްޓްރީގެ މިބެއްގެ ގޮތުގައި ކަނޑައެޅުން. މިބިން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ، ރައީސް އޮފީސް، އާބަންކޯ، އެންވައިރަމްނަޓް މިނިސްޓްރީ އަދި ސްޓެލްކޯ އާއިއެކު އެކިފަހަރުމަތިން ގިނަ ބައްދަލުބުންތަކެއް ބޭއްވުނު." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މިއަދު މިވަނީ ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ވަގުތީ ހައިސިއްޔަތު ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އަށް ދެވިފައި ކަމަށެވެ. އަދި މިމަސައްކަތް މިހިސާބަށް ގެނެވުނީ ޝައްކެއްވެސްނެތް ގޮތުގައި ރައީސް މިކަމަށްދެއްވި އަހައްމިއްތުގެ ބޮޑުކަމުންކަމަށް މަހްލޫފް ވިދާޅުވިއެވެ.
"ހާއްސަކޮށް މިކުޅިވަރުގެ މުހިއްމުކަން ދެކެވަޑައިގެން މާސިންގާ ބޮޑު ބިމެއް ދެއްވިކަމީ އެންމެބޮޑު ހައްލު. އިރާދަކުރެއްވިޔާ ރޭސިންގ ޓްރެކް އެބިމުގައި ތަރައްގީކޮށްދޭނީ އަޅުގަނޑުމެން. މިކަމުގެ ސަބަބުން މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް މަދުވެ، އެކްސިޑެންޓުތައް ހިނގުން މަދުވާނެކަމަށްވެސް ބެލެވޭ."
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް