ސަރުކާރާ ގުޅުވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަތުރަމުންދާ ދޮގުތަކަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއުގައި ބިން ދޫކުރާނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.
"ދިވެހިން ދިރިއުޅޭނީ. ބޭރު މީހުނެއް ނޫން ދިރިއުޅޭނީ" އެތަނުގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އެހެން ވިދާޅުވެފައިވާ ހަބަރުގެ ލިންކު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމަށް ފަހު އާޒިމް ވިދާޅުވީ "ދޮގުވިއްކައިގެން ވެރިކަމަށް އަންނަން އުޅުނު މީހުންގެއ ކަރުގަ ރަނގަޅު ކައްޓެއްޖެހިއްޖެ" ކަމަށެވެ.
އުތުރު ތިލަފަޅުން ގޯއްޗާއި ހުޅުމާލެ އިން ފްލެޓަށް ކުރިމަތިލާން ރޭ ވަނީ ހުޅުވާލާފައެވެ.
އެ މިނިސްޓްރީން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" އެ ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުން ކަމަށެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް