ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
2021 ވަނަ އަހަރު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.
.އަލިމަނިކު ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހުގެ އަދަބެކެވެ.
ނަމަވެސް ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ހުކުމްކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން ތަސްލީމްގެ ބައި އިސްތިއުނާފްކުރުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ. އޭގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން އޮތީ ހުކުމްކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ