މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާއްމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 138،394 އަންހެނުންނާއި 144،410 ފިރިހެނުންނާއެކު ޖުމްލަ 282،804 މީހުން ތިބި ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 282،395 މީހުންނަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ ރަޖިސްޓްރީ އަށް ހުޅުވާލުމުން 50،047 ފޯމު ހުށަހެޅިއެވެ. މީގެތެރެއިން ސައްހަ ފޯމުގެ ގޮތުގައި އިލެކްޝަންސް އިން ބަލައިގަތީ 38،763 ފޯމެވެ.
އިލެކްޝަނުން ބުނީ ރީ ރަޖިސްޓްރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 361 ޝަކުވާއެއް ލިބުނު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރިއެވެ. މީގެތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ