ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ކުރި ޖޫރިމަނާތައް މައާފުކުރިކަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ 17 ނޮވެންބަރު 2018 އިން 5 ސެޕްޓެންބަރު 2023 ގެ ނިޔަލަށް ކުރެވިފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައި އެކަން އިއުލާންކުރައްވާފައިވާ ކަމަށެވެ.
"ރައީސް އެގޮތަށް ނިންމަވާފައިވާތީ އެ މުއްދަތުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްގެން އަރާފައިވާ ޖޫރިމަނާ އަކީ މައާފުވެފައިވާ ޖޫރިމަނާއެއްކަމަށް މި މިނިސްޓްރީން ކަނޑައަޅާފައިވާ ކަމުގައި ދަންނަވަން" މިނިސްޓްރީން ބުންޏެވެ. އަދި އެ ޖޫރިމަނާތައް މި މިނިސްޓްރީގެ ސިސްޓަމް ތެރެއިން އުނިކުރެވިފައިވާނެ ކަމަށްވެސް ޓްރާންސްޕޯޓުން ބުންޏެވެ.
އެހެންވެ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން އެ މުއްދަތުގެ ތެރޭގައި އަރާފައިވާ ޖޫރިމަނާއަކާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ، އެކަން ލަސްނުކޮށް މިނިސްޓްރީ އަށް މެއިލްގެ ޒަރީއާއިން އަންގައި ދިނުމަށް ޓްރާންސްޕޯޓުން ވަނީ އެދިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި