ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ކުރި ތާއީދު އަނބުރާ ގެންގޮސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމައިފިއެވެ.
އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ތާއީދު ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ދެވަނަ ބުރުގައި އެޕާޓީން އަމަލު ކުރާނެ ގޮތަކާއި ގުޅޭ ގޮތުން މިރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިއެވެ.
އެ ބައްދަލުވުމުގައި ޖުމްލަ ތިން ގޮތެއް ހުށަހެޅުނެވެ. ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. މިހާރުވެސް އޮތް ގޮތަށް އެމްޑީޕީއާއެކު ކުރިޔަށް ދިއުމަށް ވެސް ހުށަހެޅިއެވެ. ތިންވަނަ ހުށަހެޅުމަށް ހުށަހެޅީ މުއިއްޒަށް ތާއީދު ކުރުމަށެވެ.
ކައުންސިލް ބައްދަލުވުމުގައި ފާސްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ހުށަހެޅުއްވުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދު ކުރުމެވެ.
އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންގެ ރޫހު ހުރީ މުއިއްޒާއެކު ކުރިޔަށް ދިއުމަށެވެ. އަދި ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. ހާއްސަކޮށް ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނެތުމަކީ އެކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިއެވެ. އަދި އެއީ ރައީސް ދެވަނަ ބުރަކަށް އިންތިހާބު ކުރުމަށް އޮތް ހުރަހެއް ކަމަށް އެބޭފުޅުން ދެކިވަޑައިގެންނެވިއެވެ.
އެމްޑީއޭގެ ކައުންސިލް މެންބަރުން ދެކިވަޑައިގެންނެވި ގޮތުގައި ދެވަނަ ބުރުގައި ވެސް މުއިއްޒަށް ގިނަ ބަޔަކު އަންނަނީ ތާއީދު ކުރަމުންނެވެ. ފުރަތަމަ ބުރުގެ ނަތީޖާއެކު އެމްޑީޕީން ބަލި ގަބޫލުކުރި ކަމަށް ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވިއެވެ. ސަބަބެއްގެ ގޮތުގައި ގިނަ މެންބަރުން ވިދާޅުވީ އިންތިހާބުގެ ނަތީޖާއާއެކު އެޕާޓީ ހިމޭންވެގެން ދިއުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ