އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަަށް ތާއިދުކުރައްވަން ނިންމި ނިންމުން ބަލައިގަންނަ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެންގޮސް މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ޕީޕީއެމް/ޕީއެންސީން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ، މުހައްމަދު މުއިއްޒާއި އޭނާގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމި ނިންމުމަށް އެކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
އަދި އެމްޑީއޭއިން އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ، މިކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު އަދި ރަނިން ހުސައިން މުޙައްމަދާއި ކޯލިޝަންގެ ލީޑާޝިޕާއި އާންމު މެންބަރުގެ ފަރާތުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި، އެމްޑީއޭގެ ލީޑާސީޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ